ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
29 Mar 2025
ޚަބަރު
މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމަނުއްވަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/8 ވަނަ ޤަރާރުން ކަމަށެވެ.
29 Mar 2025
ޚަބަރު
ނަމޫނާ ދެއްކުމަކީ ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނެ: ރައީސް
އެ މަނިކުފާނުގެ ޚިޠާބުގައި، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އެ ގޮތުން މުޢާމަލާތް ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމަށާއި، ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާ މުޖްތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާއިރު، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމަށާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމަށާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބައެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
27 Mar 2025
ޚަބަރު
ސްޓޫޑެންޓް ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ފީ ކަނޑާލެއްވުމަށް ނިންމަވައިފި
އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ދަންނަވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށާއި އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރާ ގޮތަށް ހަމަޖައްސެއްވުމަށް އަންގަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
27 Mar 2025
ޚަބަރު
ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައިވެއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
23 Mar 2025
ޚަބަރު
މަސައްކަތްތައް ނުފެށި އުޅެނިކޮށް ޑިވެލޮޕްމެންޓް ބޭންކުގެ ވެރިން އިސްތިއުފާ ދެއްވައިފި
މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ހަމަޖެއްސެވީ ހުސްވި އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާއަކީ، ބޭންކިންގ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެެވެ.
21 Mar 2025
ޚަބަރު
ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސް ބައްލަވާލައްވައިފި
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
21 Mar 2025
ޚަބަރު
މި އަހަރުވެސް އީދު ސަލާމް ކުރެއްވުން އޮންނާނެ
ރައީސުޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00ން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.
19 Mar 2025
ޚަބަރު
އައު ޓާމިނަލުގެ މަސައްކަތްތައް ރައީސް ބައްލަވާ ލައްވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
12 Mar 2025
ޚަބަރު
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
11 Mar 2025
ޚަބަރު
އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
06 Mar 2025
ޚަބަރު
މަރާމާތަށް ފަހު ރަސްފަންނު ވަގުތީ ގޮތުން ހުޅުވާލައިފި
ރަސްފަންނު އާއްމުންނަށް ހުޅުވާލި އިރު، އެތަނުގެ މޫދުން ކިސަޑުގައި، ގޮނޑުދޮށުން ގިރައިގެން ގޮސްފައިވާ ސަރަހައްދުތަކަށް އަލުން ވަނީ ވެލިއަޅާފައެވެ. މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ.
25 Feb 2025
ޚަބަރު
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ދެ މަސްދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާކަމަށާއި، ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެހެން ނަމަވެސް ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން އޭގެ ތެރެއިން އިސްތިސްނާވާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
21 Feb 2025
ޚަބަރު
ގަމުގެ އިޙްތިސާސްގެ ތެރެއަށް ބޮޑު ފިނޮޅު ލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެމަނިކުފާނު މިގޮތަށް ނިންމެވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/5 ވަނަ ޤަރާރުން ކަމަށެވެ.
19 Feb 2025
ޚަބަރު
މަޑުއްވަރީއަށް އުފުލަންދޫ މީދޫއަށް ތާވަތާ ދީފި
18 Feb 2025
ޚަބަރު
އާސަންދައިން ބޭހަށްކުރާ ޚަރަދު ކުޑަކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ، އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެެވެ.
16 Feb 2025
ޚަބަރު
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާނީ މިހަފްތާގެ ބުރާސްފަތި ދުވަހު
އެކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ގޭބިސީއަކަށް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާ މަސްދަޅު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.